ތ.މަޑިފުށީ ސްކޫލް އަދި ހދ.މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެގްރީމެންޓުގައި ސޮއިކޮށްފިއެވެ.
ތ.މަޑިފުށި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރެވުނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން މި މަސައްކަތް ހުށަހަޅާފައިވަނީ ނުވަ މިލިއަން އެއްލައްކަ ސާޅިސް އަށްހާސް ހަތަރުސަތޭކަ ތޭރަ ރުފިޔާ އެގާރަ ލާރިއެވެ. އަދި މިމަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 330 ދުވަހެވެ. މި އެގްރީމެންޓުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާޓުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އަދި ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲއެވެ.

ހދ.މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރެވިގެން މިދިޔަޔައީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން ހދ.މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ ބާރަމިލިޔަން އަށް ހާސް އަށް ސަތޭކަ ސާޅީސް ހަ ރުފިޔާ އަށާރަ ލާރިއެވެ. އަދި މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެކުންފުނިން ބުނެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލް އެވެ.
މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
advertisment
ހިޔާލު