އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ތ.ކިނބިދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެރަށު ސްކޫލާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން، އެ ސްކޫލަށް ދިމާވަމުންދާ ދަތިތަކާއި، ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ތ.ކިނބިދޫ ކައުންސިލް އާއި ކުރެއްވި މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީގެ އިތުރުން މިނިސްޓަރ ގެ ޓީމް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ރާއްޖޭގެ ގިނަ ރަށެއްގެ ކައުންސިލްތަކަކާ ބައްދަލުކޮށް، އެ ރަށެއްގެ ސްކޫލްތަކަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް، އިތުރަށް ސްކޫލުގެ ކިޔެވުމާއި އެހެނިހެން ކަންތައްތައް ތަރައްޤީކުރާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރަމުންނެވެ.
advertisment
ހިޔާލު