އިސެސްކޯއާއި އިލްމް އިންސްޓިޓުއުޓް ގުޅިގެން އަރަބި ކޯހެއް ކުރިއަށް ގެންދަނީ

އިސެސްކޯއާއި އިލްމް އިންސްޓިޓުއުޓު ގުޅިގެން ހިންގޭ، އަރަބިބަސް އުނގަންނައިދިނުމަށް އަހުލުވެރިކުރުމުގެ ހާއްސަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

އިލްމް އިންސްޓިޓިއުޓުން ބުނި ގޮތުގައި، މިއީ އިސެސްކޯއާއި އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 4 ދުވަހުގެ ޕްރޮގްރާމްއެކެވެ. އެގޮތުން މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ، މެއި 23 އިން 26 އަށް ކުލާހަށް ހާޒިރުވެގެންނެވެ. އެ އިންސްޓިޓިއުޓުން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ. ހަމައެހެންމެ އަރަބި ބަހުގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށްވެސް މި އިންސްޓިޓިއުޓުން މަޢުލޫމާތުދިނެވެ.

މި ޕްރޮގްރާމްއަކީ، މި ދެ އިންސްޓިޓިއުޓުން ގުޅިގެން ހިލޭ ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްއާއި ގުޅޭ އިތުރު މައުލޫމާތާއި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/ZQntu8DmWEQwzHzSA މި ލިންކުން ލިބޭނެއެވެ. މީގެ ކުރިންވެސް އިލްމް އިންސްޓިޓިއުޓުންވަނީ މިފަދަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *