ޔޫނާން ޕްރޮވިންޝަލް ސްކޮލަރޝިޕް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޔޫނާން ޕްރޮވިންޝަލް ގަވަރމެންޓް ސްކޮލަރޝިޕްގެ ދަށުން ދިވެހި ރާއްޖެއަށް 2 ބެޗްލަރސް ޑިގްރީ،2 މާސްޓަރސް ޑިގްރީ އަދި 1 ޕީ.އެޗް.ޑީ ގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ، ޗައިނާގެ ޔޫނާން ޔުނިވަރސިޓީ އަދި ކުންމިންގ ޔުނިވަރސިޓީއިންނެވެ. މި ސްކޮލަރޝިޕްގެ އެކި ލެވެލްތަކަށް ކުރިމަތިލާން ވަކި ޝަރުތުތަކެއްވަނީ ކަޑައަޅާފައެވެ.

އެގޮތުން ބެޗެލާރސް ޑިގްރީއަށް ކަޑައަޅާފައިވާ ޝަރުތުތަކަކީ، ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން، ޖީ.ސީ.އީ އޭ ލެވެލްއިން 03 މާއްދާއިން މަދުވެގެން 'އީ' އިން ފެށިގެން މަތީ ގްރޭޑްއެއް ހާސިލްކޮށްފައިވުން، ފުރަތަމަ ޝަރުތުގައިވާ 5 މާއްދާގެ ތެރޭގައި އިގިރޭސި ނުހިމެނޭނަމަ އިގިރޭސި މާއްދާއިން ފާސްވުން އަދި ކޯހާއި ގުޅޭ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުމެވެ. މާރސްޓާސް ޑިގްރީ ލެވެލްގެ ޝަރުތުތަކަކީ، ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން އަދި ކޯހާއި ގުޅޭ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުމެވެ. ޕީ.އެޗް.ޑީގެ ޝަރުތުތަކަކީ، ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން އަދި ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުމެވެ.

ހުށައަޅާ ކޯހުގެ ލެވެލްގެ ޝަރުތުތަކުގެ އިތުރުން އިތުރު ޝަރުތުތަކާއި ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯމްއާއެކު ހުށައަޅަންޖެހޭ ތަކެތި ވެސްވަނީ އިއުލާންކޮށްފައެވެ.

މި ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 21 އޭޕްރީލް 2022ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށައަޅާނީ http://mv.egov.myedu://https ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު http://mv.gov.mohe.www މި ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *