ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ފުރަތަމަ ބެޗް މެލޭޝިޔާއަށް

ސްކޮލަރޝިޕަށް ހޮވުނު ޕްރިންސިޕަލުން ކިޔެވުން ފުރިހަމަ ކުރުމަށް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ. މި ސްކޮލަރޝިޕުގެ ދަށުން ފުރަތަމަ ބުރުގައި 20 ޕްރިންސިޕަލަކު މެލޭޝިޔާގައި، އެއް އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރައްވާނެއެވެ.

ޕްރިންސިޕަލުން ފުރާވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓްރީގެ ޓީމުން އެބޭފުޅުންނާ ބައްދަލު ކުރައްވައި ހިއްވަރު ދެއްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ފުރަތަމަ ބެޗްގައި ސްކޮލަރޝިޕް ފުރިހަމަ ކުރައްވާ ޕްރިންސިޕަލުން އަންނަ އަހަރުގެ އެޕްރީލް މަހު، ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެސްކޫލުތަކުގައި މަސައްކަތްކުރައްވަން ފައްޓަވާނެއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ހުރިހާ ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން ދަތިވެފައިވާ ކަމަށާއި، 53  ސްކޫލެއްގައި ދާއިމީ ޕްރިންސިޕަލަކު ނެތް ކަމަށެވެ. ދާއިމީ ޕްރިންސިޕަލުންގެ ތެރޭގައި ވެސް ތަމްރީނު ލިބިވަޑައިގެން ތިއްބެވީ އެންމެ 75 ބޭފުޅުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *