މާލޭ އަވަށު ސްކޫލްތައް ސިޓީކައުންސިލްގެ ދަށަށް

މާލޭގައި ހިންގަމުން ގެންދާ އަވަށު ސްކޫލްތައް މާލޭ ސިޓީކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ. އަވަށު ސްކޫލްތައް ހިންގައި ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށްވާއިރު، އެ ސްކޫލްތަކާ ބައްދަލުކޮށް ކުރިއަށް އޮތްތަނުގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ވަނީ ކޮށްފައެވެ.

އަވަށު ސްކޫލްތަކުގެ ގޮތުގައި މާލޭގައި މިހާރު ހިންގަމުން ގެންދަނީ ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާއެވެ.

ދުވަހު ނޫސް މިހާރަށް ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސްކޫލްތައް ހިންގަން ސިޓީ ކައުންސިލުން އަދާކުރާނެ ޒިންމާގެ އިތުރުން ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ޑރ.މުއިއްޒު ވިދާޅުވެފައި ވަނީ އަވަށު ސްކޫލްތަކުގެ ފައިދާ އަވަށް އަދި މާލޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ލިބޭނެ ގޮތެއް ބައްލަވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އަވަށު ސްކޫލްތައް ސިޓީކައުންސިލުން ހިންގިއެވެ. ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *