ޤުރުއާނާބެހޭ ކޯސްތަކުގެ މިނިމަމް ސްޓޭންޑަރޑްތައް ކަނޑައަޅާ ޤުރުއާން ޕެނަލުގެ ހިންގާ ގަވާއިދު އާންމުކޮށްފި

ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ، ކީރިތި ޤުރްއާނާއި، ކީރިތި ޤުރްއާނުގެ ޢިލްމާ ގުޅުންހުރި ދާއިރާތަކުގެ ތަޢުލީމީ ޕްރޮގްރާމްތަކުގެ މިނިމަމް ސްޓޭންޑަރޑްތައް ކަނޑައެޅުމަށް އެކުލަވާލާ ޤުރުއާން ޕެނަލުގެ ހިންގާ ޤަވާއިދު އާންމުކޮށްފިއެވެ.
މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލުގެ ހިންގުމާއި، އެ ޕެނަލުގެ ޖަލްސާތައް ބޭއްވުމާއި، އެ ޕެނަލުގެ ނިންމުންތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގައިވާ ގޮތުން މި ޕެލަނުގައި ތިއްބަވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އައްޔަން ކުރާ ހަތް މެމްބަރުންނެވެ. މި ހަތް މެމްބަރުންގެ ތެރޭގައި ހިމެނެނީ،
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ކަނޑައަޅާ އޮތޯރިޓީގެ މުވައްޒަފަކާއި،
(ށ) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކާއި،
(ނ) ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ކަނޑައަޅާ އެ މަރުކަޒުގެ ދެ މުވައްޒަފުންނާއި،
(ރ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކަނޑައަޅާ އެ ޔުނިވަރސިޓީގެ ދެ މުވައްޒަފުންނާއި،
(ބ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ކަނޑައަޅާ، ޤުރްއާނުގެ ޢިލްމުގެ ދާއިރާގެ މެންބަރެއްގެ މައްޗަށެވެ.
މި ޕެނަލުގެ މަސްއޫލއްޔަތަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ، ކީރިތި ޤުރްއާނާއި، ކީރިތި ޤުރްއާނުގެ ޢިލްމާ ގުޅުންހުރި ދާއިރާތަކުގެ ތަޢުލީމީ ޕްރޮގްރާމްތަކުގެ މިނިމަމް ސްޓޭންޑަރޑްތައް ކަނޑައެޅުމެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެޕްރޫވްކުރާ، ކީރިތި ޤުރްއާނާއި، ކީރިތި ޤުރްއާނުގެ ޢިލްމާ ގުޅުންހުރި ތަޢުލީމީ ޕްރޮގްރާމްތަކުގެ ސްޓޭންޑަރޑް ކަނޑައެޅުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *