އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ، ދ.ބަނޑިދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އެރަށު ތަޢުލީމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ބަނޑިދޫ ސްކޫލަށް ދިމާވާ އެކި ދަތިތަކާއި، މި ދަތިތައް ހައްލުކުރުމާއި އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ބޭއްވިގެންދިޔައީ އޮންލައިންކޮށެވެ. މިނިސްޓަރ ގެ އިތުރުން މިނިސްޓްރީގެ ޓީމްވެސް މިބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ދަނީ، ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކައުންސިލްތަކާ ބައްދަލުކޮށް، އެ ރަށެއްގެ ތަޢުލީމީ ނިޒާމު އިތުރަށް ތަރައްޤީކުރެވޭނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
advertisment
ހިޔާލު