ފެނަކަ އިޖްތިމާއި ޒިންމާގެ ދަށުން ތުރާކުނު ސްކޫލަށް 3 އޭސީ!

ފެނަކަ އިޖްތިމާޢީ ޒިންމާގެ ދަށުން، ތުރާކުނު ސްކޫލަށް 24000 ބީޓީޔޫގެ ތިން އޭސީ ހަދިޔާކުރުން؛- ފޮޓޯ// ތުރާކުނު ސްކޫލް

ތުރާކުނު ސްކޫލުގައި ބޭނުންކުރާ އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތަކީ ތަންކޮޅެއް ކުރީގެ ބާ އިމާރާތެކެވެ. މި އިމާރާތުގެ ސީލިންގ ގެ ސްޓްރަކްޗަރ ހެދިފައި ހުރި ގޮތުން އެހެން ކުލާސްރޫމްތަކާ ޚިލާފަށް ހޫނުގަދައެވެ.

ތުރާކުނު ސްކޫލުގެ ޕްރިންސިޕަލް އަހްމަދް ނިޔާޒް ވިދާޅުވިގޮތުގައި، އެ ސްކޫލުގައި ހަތަރު ކުލާސްރޫމެއްގައި ކިޔަވައިދެނީ ޕާޓިޝަންތަކުން ބައިކޮށްގެންނެވެ. ސްކޫލްގައި ހޯލެއް ނެތުމާއެކު ހޯލެއްގެ ގޮތުގައި ވެސް ބޭނުން ކުރަނީ މި ކުލާސްރޫމްތައް އެއްކޮށްލައިގެންނެވެ. އެހެންވެ ސްކޫލްގެ އެކި ހަރަކާތްތައްވެސް ބޭނުން ކުރަމުން ދަނީ މި އިމާރާތެވެ.

ކިޔެވުމުގެ އިތުރުން، އެހެނިހެން އިތުރު ހަރަކާތްތަކަށް މި އިމާރާތް ބޭނުން ކުރެވެމުންދާއިރު، އިންތިހާއަށް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށާއި މުދައްރިސުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު އެހެން ދުވަސްތަކަށް ވުރެ މި ދުވަސްވަރު އެ ކުލާސްރޫމްތައް ބޭނުން ކުރުމަކީ ބޮޑު ތަކުލީފެކެވެ.

މިކަމަށް ހައްލެއް ގެނެސް ދިނީ އަތޮޅުގެ ތެރޭގެ ކަރަންޓްގެ ޚިދުމަތްދޭ ކުންފުނި ފެނަކައިންނެވެ.

ފެނަކަ ކޯޕެރޭޝަނުގެ އިޖްތިމާއީ ޒިންމާގެ ދަށުން މި އިމާރާތަށް އޭސީ ހަދިޔާކޮށްދިނުމަށް ތުރާކުނު ސްކޫލްގެ ފަރާތުން އެދުނެވެ. ފެނަކަ ކޯޕެރޭޝަނުން ވަނީ ތުރާކުނު ސްކޫލަށް 24000 ބީޓީޔޫގެ 3 އެއަރ ކޮންޑިޝަނަރ ހަދިޔާކޮށްފައެވެ.

މި ތަކެތި ހަވާލުކޮށްދެއްވީ ތުރާކުނު ފެނަކަ ބްރާންޗުގެ މެނޭޖަރ އަޙްމަދު ސައީދެވެ. އަދި ތަކެއްޗާ ހަވާލުވެވަޑއިގެންނެވީ ތުރާކުނު ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ނިޔާޒެވެ. އެ ސްކޫލުން ވަނީ މިފަދަ ދީލަތި އެހީތެރިކަމެއް ފެނަކައިން ފޯރުކޮށްދިން ކަމަށްތަކައި އެ ކުންފުންޏަށް ޝުކުރުއަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *