މާޅެންދޫ ސްކޫލްގައި އިތުރު އިމާރާތެއް ހަދަން ބަޔަކާއި ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ

ނ.މާޅެންދޫ ސްކޫލްގައި އިތުރު އިމާރާތެއް ހަދަން ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލްކޮށްފައިވަނީ، ސްވިފްޓް އިންޖިނިއަރިންއަށެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ އަދި ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީއެވެ.

މި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލްކޮށްފައިވަނީ، 400 ދުވަހުގެ ތެރޭގައި ނިންމަވާ ގޮތަށެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލްކޮށްފައިވަނީ 21.2 މިލިއަން ރުފިޔާއަށެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަވާނީ، ޕީއެސްއައިޕީ ބަޖެޓުގެ ދަށުންނެވެ.
ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. އެ ގޮތުން ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށާއި ސްކޫލަތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *