ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިންނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފިއެވެ. މި ރޯދަ ވީއްލުން ބޭއްވީ ރިޔާސީ ގަނޑުވަރު މުލިއާގޭ ގޯތިތެރޭގައެވެ.
މި ރޯދަވީއްލުމުގެ ކުރިން އެކުދިންނާއެކު ތަފާތު ކުޅިވަރުތައް ކުޅުމުގައި ރައީސް ސޯލިހު ވަގުތު ހޭދަކުރެއްވިއެވެ. އަދި އެ ވަގުތު ގިނަ ގުޅިވަރުތައް ކުޅުމުގެ ފުރުޞަތު އެކުދިންނަށް ވަނީ ތަނަވަސްކޮށްދީފައެވެ. އެކުދިން ކުޅުނު ކުޅިވަރުތަކުގެ ތެރޭގައި ރާޒުވާ، ކެރަމް، އޮށްވަޅުގޮނޑި ހިމެނެއެވެ. ތަފާތު މާހައުލަކުން ފޮތް ކިޔުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. މިއީ މިފަދަ ރޯދަވީއްލުމެއް ރިޔާސީ ގަނޑުވަރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

advertisment
ހިޔާލު