ބަންގްލަދޭޝްގައި މަތީތަޢުލީމް ހާސިލްކުރުމަށް ސްކޮލަރޝިޕްގެ ދެ ފރުސަތު

ބަންގްލަދޭޝްގެ ޔުނައިޓެޑް އިންޓަރނޭޝަނަލް ޔުނިވަރސިޓީން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕެކެވެ. އެހެންކަމުން މި ސްކޮލަރޝިޕްގެ ދަށުން ހިނގާ ހުރިހާ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.

މި ސްކޮލަރޝިޕް ހުޅުވާލެވިފައިވަނީ ބެޗެލަރސް ޑިގްރީގެ ދެ ފުރުސަތަކަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ކޯސް އަދާކުރަން ހަމަޖެހިފައިވާ ގައުމަކީ ބަންގްލަދޭޝްއެވެ.

މިސްކޮލަރޝިޕްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނެ ކޯސްތައް އެނގޭނެ ލިޔުން މިމިނިސްޓްރ ގެ ވެބްސައިޓް www.mohe.gov.mvއަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތުލުމުގެ ސުންގަޑި އަކީ 13 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު މި މިނިސްޓްރ ގެ ވެބްސައިޓް

www.mohe.gov.m އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ schol@mohe.gov.mvއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *