2022ވަނަ އަހަރުގެ ކެމްބްރިޖް ޗެކްޕޮއިންޓް އިމްތިހާނު މިއަދު ފަށައިފިއެވެ. މި އިމްތިހާނު ސެންޓަރުތަކުގަޔާއި ޑިޕަރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) ގައި ކުރިއަށްގެންދާނެކަމަށް ޑީޕީއިން ބުނެފިއެވެ.
ސްކޫލުތަކުންނާއި އެހެނިހެން އިންސްޓިޓިއުޓް ތަކުން ބައިވެރިވާ ފަރާތްތައް މި އިމްތިހާން ހަދާނީ ސެންޓަރުތަކުގައެވެ. އަދި މި ޑިޕަރޓްމެންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވާ ކުދިންނަށް މި އިމްތިހާން ކުރިއަށް ގެންދެވޭނީ މި ޑިޕާޓްމެންޓުގައެވެ.
މީގެ އިތުރުން، ޑީޕީއިން ވަނީ މިއަހަރުގެ "އާޓްސް އެންޑް ޑިޒައިން" އޯލެވެލް އަދި އޭލެވެލް އިމްތިހާނު، މި މަހު 13 އަދި 14 ގައި ކުރިއަށްދާނެކަމަށް އިޢުލާންކޮށްފައެވެ. އެގޮތުން، ޑީޕީއިން އަމިއްލަގޮތުން ބައިވެރިވި ބައިވެރިންނަށް އެ ޑިޕަރޓްމެންޓުން އިމްތިހާނު ކުރިއަށްގެންދާއިރު، ސްކޫލުތަކުންނާއި އެހެނިހެން އިންސްޓިޓިއުޓުން މި އިމްތިހާން ކުރިއަށްގެންދާނީ ކަނޑައެޅިފައިވާ ސެންޓަރަކުންނެވެ.
ޑިޕަރޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުނު އެޑެކްސަލް އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ސެޓްފިކެޓް ދޫކުރަމުންނެވެ. ސެޓްފިކެޓް ދޫކުރުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30ން 12:30 ށެވެ.
advertisment
ހިޔާލު