އުނގެނުމުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަކީ މުޖްތަމަޢުގެ މުހިންމު ތަނބެއް – މިނިސްޓަރ އޮފް އެޑިއުކޭޝަން

އުނގެނުމުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ޙައްޤުތަށް ކަށަވަރުކުރުމާއެކު އެ ދަރިވަރުން ޙާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް ބާރުދީ އެ ދަރިވަރުންނަކީ ވެސް މުޖްތަމަޢުގެ މުހިންމު ތަނބެއްގެ ގޮތުގައި ބޮޑުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ކޮންމެ އޭޕްރީލް މަހެއް ފާހަގަކުރެވޭއިރު މިކަމާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖްގައި މިނިސްޓްރީ އިން ދަރިވަރުންނަށް ޝާމިލް ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ އަަމާޒުތަށް ވެސް ވަނީ ޙިއްސާކޮށްފައެވެ. އަމާޒަކީ ކޮންމެ ދަރިވަރެއް ވެސް އިޙްތިޔާރުކުރާ ތަޢުލީމީ މަންޒިލެއް ވާސިލްވެވޭނެ ގޮތަށް އިންކްލޫސިވް ނުވަތަ ޝާމިލް ތަޢުލީމީ ނިޒާމަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް ހަރުދަނާކޮށްގެން ވަށާޖެހޭ ސުކޫލް މާހައުލެއް ޤާއިމްކުރުމެވެ.

އޯޓިޒަމް އަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރ ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ އެހެނިހެން މީހުނާ މުޢާމަލާތު ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމެކެވެ. އޯޓިޒަމް ހުންނަ ދަރިވަރުންނަށް ޙާއްސަ ސަމާލުކަމެއްދީ ޝާމިލްކޮށްގެން ކިޔަވައިދިނުމަށްޓަކައި ސްކޫލުތަކުގެ ސްޕެޝަލް އެޑިއުކޭޝަން އެންޑް ނީޑްސް ޔުނިޓްތަކުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރެވެމުންނެވެ.

ޝާމިލް ވެއްޓެއް ޤާއިމްކުރުމަށްޓަކައި ތަފާތު ސްޓެރެޓެޖީތަކާއި ވަސީލަތްތަށް އުނގެނުމާއި އުނގަންނައިދިނުމުގެ ސުކޫލްތަކުން ބޭނުންކުރުމަށް މިނިސްޓްރީއިން ދަނީ ފަހިކޮށްދެމުންނެވެ. ދާދި ފަހުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޙާއްސަކޮށްގެން  ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލުއަޑު" ވެސް ވަނީ ތަޢާރަފްކުރެވިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *