ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިމްތިޒާމްކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގެ އެއްވަނަ އެ ސިޓީގެ އަފީފުއްދީން ސްކޫލްގެ ދަރިވަރު ހުސައިން ޔާނިމް ހޯދައިފިއެވެ. މި މުބާރާތުން ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަމަތުﷲ އަލީ އެވެ. ތިން ވަނަ ހޯދީ ވެސް ޖަލާލުއްދީން ސްކޫލްގެ ރިހާމް މުޙައްމަދު ފައިސަލެވެ.
މި މުބާރާތުން ނުބަލައި ކިޔެވުމުން އެއްވަނައަށް ދިޔައީ ހދ. އަތޮޅު ތަޢުލީމީމަރުކަޒުގެ އަހުމަދު އަތޫފު މުޙައްމަދެވެ. ދެވަނަ އަފީފުއްދީން ސްކޫލްގެ އާޔަތުންﷲ އަލީ ހޯދިއިރު، ތިންވަނަ ހޯދީ ވެސް އަފީފުއްދީން ސްކޫލްގެ މުޙައްމަދު ލަސަން ފަޟީލެވެ. ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަފީފުއްދީން ސްކޫލްގެ ހުސައިން މާނިމް ހޯދިއިރު، ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަމަތުﷲ އަލީއެވެ. ތިން ވަނަ ހޯދީ ވެސް ޖަލާލުއްދީން ސްކޫލްގެ ރިހާމް މުޙައްމަދު ފައިސަލެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަދި ދެވަނަ ތިން ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު އަނިލްއެވެ.
ކުޅުދުއްފުށީ ކައުންސިލުން މިފަހަރު ބޭއްވި ޤުރުއާން މުބާރާތުގައި ބައިވެރިވެފައި ވަނީ އެ ސިޓީގެ ތިން ސްކޫލެއްގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުންނާއި ކުޅުދުއްފުށީގެ ޤުރުއާން ކިޔަވައިދެމުން ގެންދާ ތިން ކުލާހަކުންނެވެ. މި މުބާރާތުގައި 103 ދަރިވަރުން ހަ އުމުރުފުރައެއްގައި ބައިވެރިވެ ކިޔަވާފައިވެއެވެ.
advertisment
ހިޔާލު