ދުބާއީގައި ކުރިއަށްދާ "ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤްރުއާން ކޮމްޕެޓިޝަން 2022″ގައި ދިވެހިރާއްޖެއިން ބައިވެރިވި އަލްހާފިޘް އަހުމަދު ނަބީހް ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެއެވެ.
ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒާއި ހަވާލުވެގެން ހުންނެވި އައްޝެއިޚް އިލްޔާސް ޖަމާލް ފާހަގަކުރެއްވި ގޮތުގައި ނަބީހް ހޯދެއްވި މި ކާމިޔާބީއަކީ، ދިވެހިރާއްޖެ ފަހުރުވެރިވާފަދަ ކާމިޔާބީއެކެވެ.
ދުބާއީ އިންޓަރނޭޝަނަލް ހޮލީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އަލްހާފިޘް އަހްމަދު ނަބީހް ހޮވިފައިވަނީ، މި މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ހުޅުވާލި ފުރުސަތުގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް 3 ފަރާތެެއް ހުށައެޅިއެވެ. އަދި މި މުބާރާތަކީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 1 ން 14 އަށް ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ.
އަލްހާފިޘް އަހްމަދު ނަބީހް އަކީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވެ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ކުއްޖެކެވެ.
advertisment
ހިޔާލު