ރ. ރަސްމާދޫ ސްކޫލުގައި 3 ބުރީގެ އިމާރާތެއް އަދި ރ. ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
މި ދެ ޕްރޮޖެކްޓްވެސް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން ރ. ރަސްމާދޫ ސްކޫލުގެ މަސައްކަތަށް ހުށަހަޅާފައި ވަނީ 12.8 މިލިއަން ރުފިޔާއެވެ. މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
އެ ކުންފުނިން ރ. ފައިނު ސްކޫލުގެ މަސައްކަތަށް ހުށަހަޅާފައި ވަނީ 15.2 މިލިއަން ރުފިޔާއެވެ. މި މަސައްކަތަށް ވެސް އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހެއެެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޒުބައިރެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދަނީ ސްކޫލްތަކުގެ އުނގެނުމާއި އުނގަންނައިދިނުމަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި އެކި އަތޮޅުތަކުގައި ސްކޫލްތަކުގެ އިމާރާތްތަށް ކުރެވެމުންނެވެ.
advertisment
ހިޔާލު