ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕް 12 ދަރިވަރަކަށް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމް ޙާސިލުކުރަން ދަތިވެފައި ތިބި ދަރިވަރުންނަށް އަމާޒުކޮށްގެން އެ ޔުނިވަރސިޓީން ދޭ ސްކޮލރަޝިޕް ހަވާލުކޮށްފި އެވެ.

ފުރަތަމަ ޓާމުގައި ސްކޮަލަރޝިޕްގެ 24 ފުރުސަތަށް ހުޅުވާލިއިރު، ޝަރުތު ހަމަވާ 12 ދަރިވަރަކަށް ސްކޮލަރޝިޕްގެ ލިޔުން ވަނީ ލިބިފައެވެ.

މި ސްކޮލަރޝިޕްތައް ދަރިވަރުންނަށް ހަވާލު ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުޙައްމަދު ޝަރީފެވެ.

މި ސްކޮލަރޝިޕް ދޫކޮށްފައިވަނީ މައިގަނޑު 3 ގިންތިއަކުންނެވެ.

އެއީ ޓިއުޝަން ފީ ފްރީ ސްކޮލަރޝިޕް ، އަންޑަގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ، ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަރޝިޕްއެވެ.

 

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕް ދަރިވަރުންނަށް ހަވާލުކުރުން. ފޮޓޯ: ޤައުމީ ޔުނިވަރސިޓީ                                                                

ސްކޮލަރޝިޕްގެ އެ ފުރުސަތުތަކަށް 200އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލިކަމަށް ، ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން އިސްމާއީލް ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ޓާމުގައި އަލަށް ސްކޮލަރޝިޕަށް ހުޅުވާލުމާއެކު އަންޑަގްރެޖުއޭޓް ފުލް ދެ ސްކޮލަރޝިޕަށް 72 ދަރިވަރުން ކުރިމަތިލީ ކަމަށާއި ޕޯސްޓް ގްރެޖުއޭޓް ފުލް ދެ ސްކޮލަރޝިޕަށް 38 ދަރިވަރުން ކުރިމަތިލީ ކަމަށް ޝާހީން ވިދާޅުވިއެވެ.

އަންޑަގްރެޖުއޭޓް ފުލް ސްކޮލަރޝިޕް، ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ޓިއުޝަން ފީ ފްރީ ސްކޮލަރޝިޕް، މިއިން ކޮންމެ ގިންތިއަކުން ދެ ދަރިވަރަކަށް ވަނީ ސްކޮލަރޝިޕް ހަވާލުކޮށްފައެވެ.އަދި އަންޑަގްރެޖުއޭޓް ޓިއުޝަން ފީ ފްރީ ސްކޮލަރޝިޕް ހަ ދަރިވަރަކަށް ވަނީ ހަވާލުކޮށްފައެވެ.

ދަރިވަރުންގެ ސްކޮލަރޝިޕަކީ މަތީ ތައުލީމު ހާސިލުކުރަން ދަތިވެފައިވާ އެ ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޔުނިވާސިޓީ ކައުންސިލުން ތައާރަފުކޮށްގެން ދެމުން އަންނަ ސްކޮލަރޝިޕެކެވެ. މި ސްކޮލަޝިޕް ސްކީމުގެ ދަށުން މިހާރު ވެސް ވަރަށް ގިނަ ދަރިވަރުން އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *