އިންތި އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރނޭޝަނަލް ހަޔާރ އެޑިއުކޭޝަން ކޮންފަރެންސް 2022 ބާއްވައިފިއެވެ.
31 މާރޗް 2022 އިން 1 އޭޕްރީލް 2022 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި އިއްޔެ ބޭއްވުނު ރައުންޑް ޓޭބަލްގައި "ރީޕޮޒިޝިނިންގ ހަޔާރ އެޑިޔުކޭޝަން: އޯވާވިއު އޮފް ސްޓްރެޓެޖީސް ފޯމިޔުލޭޝަން ބިފޯރ އެންޑް އާފްޓަރ ދަ ޕެންޑަމިކް"ގެ ޕެނެލިސްޓެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާރ، ރިސާޗް އެންޑް އިނޮވޭޝަން، ޑރ. ދީބާ މޫސާ ބައިވެރިވިކަމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުންވެސް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސްގައި އެކިއެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގެ ރައީސުންނާއި، ވައިސް ޗާންސެލަރުން އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންތި އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފުރަތަމަ އިންޓަނޭޝަނަލް ހަޔަރ އެޑިއުކޭޝަން ކޮންފެރެންސް 2022 ގައި ޖުމްލަ 12 ޤައުމެއްގެ 19 އިންސްޓިޓިއުޝަން ތަކުގެ ސްޕީކަރުންނާއި މޮޑެރޭޓަރުން ބައިވެރިވެ ވަޑައިގެންނެވިކަމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ.
advertisment
ހިޔާލު