ނ. ލަންދޫ ސްކޫލްގައި ސްކައުޓް ހަރަކާތް ފަށައި، އެ ހަރަކާތުގައި ބައިވެރިވި ދަރިވަރުން ހުވާކޮށްފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހުސްވި މަހުގެ 30 ވަނަ ދުވަހުއެވެ.
ލަންދޫ ސްކޫލުން ބުނީ ސްކައުޓް ތައާރަފު ކުރެވުނީ ފަސް މަސްދުވަހުގެ މަސައްތުން ކަމަށާއި، ސްކައުޓް ހަރަކާތުގައި ގިނަ ދަރިވަރުން ބައިވެރިވާން ބޭނުން ކަމަށެވެ.
" ސްކައުޓުން އަދި މި ފެށީ. ކުރިއަށް އޮތް ތަނުގައި ކަބް ސްކައުޓު ހަރަކާތްވެސް ފަށާނަން" ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު ވިދާޅުވިއެވެ.
" މި ހަރަކާތުގެ ސަބަބުން ދަރިވަރުންގެ އުޅުމަށާއި އަޚުލާގަށް، އަދި ދިރިއުޅުމަށް ތައްޔާރުކޮށްދެވޭ" އޭނާ ވިދާޅުވިއެވެ.
ސްކައުޓުން ހުވާކުރުމަށްފަހު، ސްކައުޓް ކޭމްޕް ވަނީ އެ ސްކޫލްގެ ގޯތިތެރޭގައި ބާއްވާފައެވެ.

advertisment
ހިޔާލު