2019 -2020 ވަނަ އަހަރުގެ ކަލާސްއެވޯޑްގެ އެންމެ މޮޅު ތަރިންގެ ގޮތުގައި އައިޝަތު ރަފާ ނާޒިމާއި، ނިބާލް އަޙުމަދާއި ހިމްނާ ޙަސަން ހޮވައިފިއެވެ.
ކަލާސް އެވޯޑްގެ ފަޚުރުވެރި އެއްވަނަ ހޯދީ ޓޭބަލްޓެނިހުން ސީއެޗްއެސްއީގެ އައިޝަތު ރަފާ ނިޒާމެވެ. ރަފާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުޅެ ގިނަ މުބާރާތްތަކުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. ކަލާސް އެވޯޑްގެ ދެވަނައަށް ދިޔައީ ބެޑްމިންޓަނުން ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ނިބާލް އަޙުމަދެވެ. ތިންވަނަ ހޯދީ އެތްލެޓިކްސްއިން އައްޑޫ ހައި ސްކޫލުގެ ހިމްނާ ޙަސަނެވެ.
ސޯޅަ ވަނަ ކަލާސް އެވޯޑް ދިނީ، ހުޅުމާލެ ސެންޓަރަލް ޕާކުގައި ރޭ ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މި ހަފްލާގައި ސާދަ ކުޅިވަރަކުން 232 އެވޯޑެއް 225 ދަރިވަރަކަށް ލިބުނެވެ. މީގެ ތެރޭގައި ސްޕެޝަލް އެވޯޑްގެ ގޮތުގައި 48 އެވޯޑާއި، ރަނަރސްއަޕްގެ ގޮތިގައި ދިން 81 އެވޯޑާއި، 99 ވިނަރސް އެވޯޑް ހިމެނެއެވެ.
2018 ވަނަ އަހަރު ތަޢާރަފު ކުރި މިނިސްޓަރގެ ޚާއްސަ އެވޯޑު ދިނީ، ބާސްކެޓްބޯޅައިން ޣިޔާސުއްދީން ސްކޫލްގެ ދަރިވަރު އަމްރާ މުހައްމަދު އާމިރަށެވެ.
advertisment
ހިޔާލު