ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ދެ ޕްރީސްކޫލެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި ދެ ސްކޫލް އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، މި ސްކޫލްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި ސްކޫލެއްގެ ޚިދުމަތެއް އަދި ލިބެމުން ނުދެއެވެ. އިންޓަރނޭޝަނަލް ސްކޫލެއްގެ އިތުރުން ސަރުކާރުން ވެސް ދަނީ ދެ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
advertisment
ހިޔާލު