ދިރާސީ ކޮންމެ އަހަރެއްގެ ކަލާސް އެވަރޑް ބާއްވާދުވަސް ހާއްސަވެގެންދާނީ ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުުގައި- އެޑިޔުކޭޝަން މިނިސްޓަރ

މިއަދު ބޭއްވި ދުވަހުގެ ޙާއްސަ ދުވުމުގެ ތެރެއިން؛- ފޮޓޯ//އެޑިޔުކޭޝަން މިނިސްޓްރީ

މިއަދަށް ފަހު ދިރާސީ ކޮންމެ އަހަރެއްގެ، މަދަރުސާތަކުގެ ކަލާސް އެވަރޑް ބާއްވާ ދުވަސް ހާއްސަވެގެންދާނީ ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައިކަން، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަކުރާ ދުޅަހެޔޮ ހަށިހެޔޮ ދުވަސް، "ދުޅަހެޔޮހަށިހެޔޮ" މި ޝިޢާރުގެ ދަށުން އިފްތިތާހްކޮށްދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ، ކިޔަވާކުދިންނަކީ ހަށިހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުންކަމަށާއި، ނަފްސާނީ، ރޫހާނީ އަދި ޖިސްމާނީ ގޮތުން  ދުޅަހެޔޮކަމުގެ މުހިއްމުކަމާމެދު، ދަރިަވރުންނާއި މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް، މިނިސްޓަރ ވަނީ މިއަދު ދެއްވި ދުވަހުގެ މެސެޖުގައި ވިދާޅުވެފައެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ހަރަކާތްތަކެއް ހިންގުމަށްހަމަޖެހިފައިވެއެވެ. އެހެންކަމުން، މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ހުރިހާ ކުދިންނަށް މިކަމުގެ ލާބައާއި މަންފާ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ މި މެސެޖުގައި ދެއްވާފައެވެ.

މިދުވަސް ފާހަގަކުރުމުގައި ގިނަ ފަރާތްތަކެއް އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމާއި، އެ ފަރާތްތަކާއި ދުވަސް އިންތިޒާމުކުރުމުގައި ބައިވެރިވި މިނިސްޓްރީގެ ހުރިހާ މުވައްޒަފުުން ފާހަގަކޮށް ވަނީ ޝުކުރުދަންނަވާފައެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަކުރާ ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތައް ހުރިހާ ސްކޫލެއްގައި މިއަދު ފަށާފައިވާއިރު، މިއަދުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އޮތީ ހާއްސަ ދުވުމެކެވެ.

ދުވަހާ ގުޅޭ އެންމެ ބޮޑު އެއް ހަރަކާތަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *