ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަންގައި ބައިވެރިވުމަށް އަލްހާފިޘް އަހްމަދު ނަބީހް ފުރައިފި

ދުބާއީ އިންޓަރނޭޝަނަލް ހޮލީ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އަލްހާފިޡް ނަބީހް ދުބާއީއަށް ފުރައިފިއެވެ. މިއީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 1 ން 14 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތެކެވެ.

ދުބާއީ އިންޓާރނޭޝަނަލް ހޮލީ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އަލްހާފިޘް އަހްމަދު ނަބީހް ހޮވިފައިވަނީ މި މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ހުޅުވާލި ފުރުސަތުގައިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް 3 ފަރާތެެއް ހުށައެޅިކަމަށް އެ މަރުކަޒުން މައުލޫމާތު ދެއްވިއެވެ. އިއްޔެ އަލްހާފިޘް އަހްމަދު ނަބީހް ފުރާފައިވާއިރު، އެހީތެރިއެއްގެ ގޮތުގައި އޭނާގެ މަންމައާއި ދައްތަ މި ދަތުރުގައި ބައިވެރިވިކަމަށް ވެސް އެ މަރުކަޒުން މައުލުމާތު ދެއްވިއެވެ.

ނަބީހްއަކީ، ކީރިތި ޤުރްއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފައިވާ ކުއްޖެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *