ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތައް ހުރިހާ ސްކޫލެއްގައި ފަށައިފި

ޓްރެކް ދަނޑުގައި ކުރިއަށް ދިޔަ ދުވުމާއި މައުލޫމާތު ދިނުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަކުރާ ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތައް ހުރިހާ ސްކޫލެއްގައި ފަށައިފިއެވެ.

މި ދުވަހުގެ ހަރަކާތްތައް ފެށީ ފަތިސް ނަމާދުންނެވެ. އެއަށްފަހު، ދުވަހުގެ ޚާއްޞަ ދުވުމެއް ވަނީ ބާއްވާފައެވެ. މާލޭގައި މި ދުވުން ކުރިއަށް ގެންދިޔައީ ޓްރެކް ދަނޑުގައެވެ. މި ދުވުމުގައި ހުރިހާ ސްކޫލްތަކުން ވެސް ދަރިވަރުން ބައިވެރިވިއެވެ. މި ދުވުން ފައްޓަވައި ދެއްވީ ޔޫތް، ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް މިނިސްޓަރު، އަހުމަދު މަހްލޫފެވެ. އެއްކިލޯ މީޓަރުގެ މި ދުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ކުޅިވަރުގައި ފާހަގަކޮށްލެވޭ ތަރިން ވަނީ ބައިވެރިވެފައެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދުވަހާ ގުޅޭގޮތުން މައުލޫމާތު ދަރިވަރުންނަށް ދިނުމަށް ޚާއްޞަ އެސަމްބްލީތައް ވަނީ ސްކޫލްތަކުގައި ބާއްވާފައެވެ. އަދި ކަސްރަތު ކުރުމާއި ހުރިހާ ކުދިންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ސްކޫލްތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ދުވަހާ ގުޅޭ އެންމެ ބޮޑު އެއް ހަރަކާތަކީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *