ދުޅަހެޔޮ ހަށިހެޔޮ ހަވީރުގައި 11 ކުޅިވަރު އެސޯސިއޭޝަނަކުން ބައިވެރިވެއްޖެ

ދުޅަހެޔޮ ހަށިހެޔޮ ދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރުގައި، 11 އެސޯސިއޭޝަނަކުން ބައިވެރިވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ޑިރެކްޓަރ ޖެނަރަލް އިބްރާހިމް އާސިފް ރަޝީދު ރޭ ވިދާޅުވީ، ހުޅުމާލެ ސެންޓަރަލް ޕާކްގައި ބާއްވާ މި ހަވީރުގައި އެކި ކުޅިވަރު އެސޯސިއޭޝަންތަކުން ބައިވެރިވެ ކުދިންނަށް ހާއްސަކޮށްގެން ސްޓޯލްތަކުގައި ކުޅިވަރު  ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އާސިފް ވިދާޅުވީ ބައެއް ކުދިންނަކީ، ވަކި ކުޅިވަރަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ކަމަށާއި އެކުދިންނަށް އެ ފުރުސަތު ވެސް މި ހަވީރުން ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ކުދިން މި އެސޯސިއޭޝަންގެ ކުޅުވަރުތަކުގައި ބައިވެރިވެ އެ ކުޅިވަރެއް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.  އެ އެސޯސިއޭޝަންތަކާ ގުޅެން ބޭނުންވާ ދަރިވަރުންނަށް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުން ވެސް ކުރިއަށްދާނެކަމަށް އާސިފް ވިދާޅުވިއެވެ.

މި ހަވީރުގައި އެކި ކުޅިވަރުތަކުގެ މޮޅެތި އެތްލީޓުން ބައިވެރިވާއިރު، 21 ސްޓޯލްއެއް މި ހަވީރުގައި ކުރިއަށް ގެންދާނެއެވެ.

މި ހަވީރުގައި ނަފްސާނީ ދުޅަ ހެޔޮކަމަށް ހާއްސަކޮށްގެން އެކި މައުލުމާތު ފޯރުކޮށްދޭ ސްޓޯލްތަކާއި ރޯދަމަހަށް ހާއްސަކޮށްގެން "ރޯދަ އާއި ނަފުސް"ގެ ނަމުގައި ސްޓޯލްއެއް ވެސް ކުރިއަށް ގެންދާނެކަމަށް އާސިފް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *