ޣާޒީ ސްކޫލުން " ޖޯލިފަތި" ޕްރޮގްރާމް ފަށައިފި

ޣާޒީ ސްކޫލުގައި " ޖޯލިފަތި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޣާޒީ ސްކޫލް

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުން " ޖޯލިފަތި" ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފިއެވެ. "ޖޯލިފަތި" ފްރޮގްރާމަކީ އެ ސްކޫލްގެ އެކި ކަންތައްތަކާ ގުޅޭ ގޮތުން މެނޭޖްމަންޓާއި މުދައްރިސުންނާއި ދަރިވަރުން އަދި ބެލިވެރިން މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ކުރިއަށް ގެންދާ " ޓޯކް ޝޯވ" ތަކެކެވެ. ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ވެސް " ޖޯލިފަތި" ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ޣާޒީ ސްކޫލުން ބުނެއެވެ.

ޣާޒީ ސްކޫލްގެ ލީޑިންގ ޓީޗަރު، ސައީދާ ހަސަން ވިދާޅުވީ ޖޯލިފަތި ޕްރޮގްރާމުގެ ސަބަބުން ވަރަށް އެކުވެރި ރަހުމަތްތެރި މާހައުލެއްގައި އެ ސްކޫލްގެ ކަންތައްތަކާ ގުޅޭ ގޮތުން، ބެލެނިވެރިންނާއި މެނޭޖްމަންޓާއި މުދައްރިސުން އަދި ދަރިވަރުން ހިމެނޭހެން މަޝްވަރާކުރެވޭނެ ކަމަށާއި، އެ މަޝްވަރާތަކުގެ އަލީގައި ސްކޫލަށް ހެޔޮ ބަދަލުތަކެއް ކުރިއަށް އޮތް ތަނުގައި ގެނެވޭނެ ކަމަށެވެ.

" ޖޯލިފަތި" ގެ ބޭނުމަކީ ރަސްމީ ގޮތް ދޫކޮށް ވީހާވެސް ގާތްކޮށް ސްކޫލާއެކު ވާހަކަ ދެއްކޭނެ މާހައުލެއް އުފެއްދުން" ސައީދާ ދަރުވަރު ނޫހަށް ވިދާޅުވިއެވެ.

" މި ޕްރޮގާރާމް މެދުވެރިކޮށް ހޭލުންތެރިކަން ވެސް އިތުރުކުރެވޭނެ. ޓާގެޓް އޯޑިއަންސްތަކަށް ގުޅުން ހުރި މުހިންމު މައުލޫމާތު ވެސް ފޯރުކޮށްދެވޭނެ"

ޣާޒީ ސްކޫލުން ނިންމާފައި ވަނީ މި ޕްރޮގްރާމް މަހަކު އެއް ފަހަރު ނޫނީ އެއަށްވުރެ ގިނަ ފަހަރު ކުރިއަށް ގެންދާށެވެ.

" އަޅުގަނޑުމެން ބައެއް ފަހަރު ސްކޫލުގެ ބޭރުން ވެސް ރިސޯސް ބޭފުޅުން ގެންނާނަން. މައުލޫމާތު ފޯރުކޮށްދޭން. ބޭނުން ވަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދަން"

ޣާޒީ ސްކޫލްގައި 1600 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *