އިންޑިއާ ހައި ކޮމިޝަންގެ ފަރާތުން ހިތަދޫ ސްކޫލަށް 25 ކޮމްޕިއުޓަރު ހަދިޔާ ކޮށްފި

ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކުރުމުގެ ތެރެއިން.ފޮޓޯ؛ ހިތަދޫ ސްކޫލް

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަމުން ގެންދާ އެފްކޮންސް ކުންފުނީގެ ފަރާތުން 25 ކޮންޕިއުޓަރު ސިސްޓަމް ހިތަދޫ ސްކޫލަށް ހަދިޔާކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން ހަދިޔާކުރި ކޮންޕިއުޓަރު ސިސްޓަމްތަކަކީ މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޝިރީ މުނޫ މަހާވަރު އައްޑޫއަށްކުރި ދަތުރުފުޅުގައި ހިތަދޫ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ސްކޫލުން ހުށަހެޅި ޕްރޮޕޯސަލެއްގެ މައްޗަށް ބިނާކޮށް އެފްކޮންސް އިން ދީފައިވާ ހަދިޔާއެކެވެ.

ހިތާދޫ ސްކޫލްގެ ކޮންޕިއުޓަރ ލެބް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެކުލަވާލި ޕްރޮޕޯސްއަށް ލިބުނު އެހީގެ ސަބަބުން ޓީޗަރުންނާއި ދަރިވަރުންނަށް އެތަށް ފައިދާތަކެއް ލިބޭނެކަމަށާއި، ވަކިން  ޚާއްސަކޮށް ކޮމްޕިއުޓަރ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *