އިމާދުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ލަޔާނާއާއި ސައުދާން

އިމާދުއްދީން ސްކޫލްގެ އިނާމްދިނުމުގެ ހަފްލާގެ ތެރެއިން

އިމާދުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ލަޔާނާ އަބްދުލް ބާރީ އާއި ސައުދާން ޝަހީން ހޮވައިފިއެވެ. 2019 ވަނަ އަހަރުގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައަށް ދިޔަ ލަޔާނާއަކީ އެ އަހަރު އިމާދުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރު، ސައުދާންއަކީ ފާއިތުވި އަހަރު ސްކޫލްގެ ކެޕްޓަނެވެ. އަދި ނިމިގެން ދިޔަ ސާނަވީ އިމްތިޙާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ވަނީ ހޯދާފައެވެ.

ރޭ ޢިމާދުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސްކޫލުން ތަޢުލީމު ހާސިލްކޮށްފައިވާ ދަރުވަރިވަރުންގެ ތެރެއިން އެކި އިނާމުތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

ރޭގެ ހަފްލާގައި ޖުމްލަ 85 ދަރިވަރެއް ވަނީ އެކި އިނާމުތައް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި، 2019 ވަނަ އަހަރުގެ ގައުމީ ގަދަ 10ގައި ހިމެނުނު 3 ދަރިވަރުންނާއި، 2020-2021 ވަނަ އަހަރުގެ ގައުމީ ގަދަ10ގައި ހިމެނުނު 19 ދަރިވަރުން ހިމެނެއެވެ. އަދި 2019 ވަނަ އަހަރު ސްކޫލް ފެންވަރުގައި އެންމެ މަތިން ފާސްވި ފާސްވި 5 ދަރިވަރުންނާއި، 2020-2021 ވަނަ އަހަރު ސްކޫލް ފެންވަރުގައި އެންމެ މަތިން ފާސްވި 12 ދަރިވަރެއް ހިމެނެއެވެ.

ރޭ އިމާދުއްދީން ސްކޫލަގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، މިއަދުގެ ދަރިންނަކީ މާދަމާ މި ޤައުމުގެ އިސް މަޤާމްތަކުގައި އުޅޭ ފަރާތްތަކަށް ވެގެންދާއިރު، ގަޑިއަށް ފަރުވާތެރިވާވުން މުހިއްމު ކަމަށެވެ. މިއަދު ކުދިންގެ އަތުގައި ހިފައިގެން ގަޑި ގެހިގެން ސްކޫލަށް ދިޔުމަކީ މައިންބަފައިންނަށް ރީތި މަންޒަރަކަށް ވެފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ ރީތި އަހްލާޤް ދަސްކޮށްދިނުމަކީ، މައިންބަފައިންގެ މުހިއްމު ޒިންމާއެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، ދަރިންނަށް ވަގުތު ދިނުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، މައިންބަފައިން ކުދިންނަށް ވަގުތު ދޭންޖެހޭ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ކިޔެވުމުގެ ގޮތުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ އިތުރުން ޔުނިފޯމް ހަރަކާތްތަކުން އެކިއެކި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމު ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *