ސްކިލް ޓްރެއިނިންގ ސެންޓަރާއެކު "މަކީނާ ޤުރުޢާން ފެސްޓިވަލް" ދަރިވަރު ޓީވީިއިން ގެނެސްދެނީ

ސްކިލް ޓްރެއިނިންގ ސެންޓަރާއެކު "މަކީނާ ޤުރުޢާން ފެސްޓިވަލް" ދަރިވަރުގެ ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

" މަކީނާ ޤުރުއާން ފެސްޓިވަލް" އަކީ ސްކިލް ޓްރެއިނިންގ ސެންޓަރުން ރާވާއިގެން ކުރިއަށް ގެންދާ ޤުރުއާން ފެސްޓިވަލް އެކެވެ. މި ފެސްޓިވަލް އަކީ ސްކިލް ޓްރެއިންގެ ސެންޓަރުގެ ފައުންޑަރ، ދިމްނާ ފާކިރުގެ ލޮބުވެތި މަންމާފުޅު އަލްމަރްހޫމާ މަރިޔަމް މަކީނާ ޢަލީ އަދި ލޮބުވެތި ދަރިފުޅު މަކީނާ ނައުޝީން ޢަލީއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ބޭއްވުމުގެ މަޤްސަދަކީ ދިވެހި ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި އެކަމަށް ހިތްވަރު ދީ، ވީހާވެސް ގިނަ ކުރިންނަށް ފުރުސަތު ހޯދާދިނުން ކަމަށް ސްކިލް ޓްރެއިންގެ ސެންޓަރުގެ ފައުންޑަރ، ދިމްނާ ފާކިރު ވިދާޅުވިއެވެ.

މި ފެސްޓިވަލަކީ ސްކިލް ޓްރެއިނިންގ ސެންޓަރުން ކުރިއަށް ގެންދާ ފުރަތަމަ ޤުރުއާން ފެސްޓިވަލްއެވެ. އަދި މި ފެސްޓިވަލުގައި ބައިވެރިވާ ކުދިންގެ ކިޔެވުން ރޯދަ މަހުގެ ކޮންމެ ދުވަހަކު "ދަރިވަރު" ޓީވީން ގެނެސްދޭނެއެވެ.

މި ފެސްޓިވަލްގައި ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ފެސްޓިވަލުގައި ބައިވެރިވުމަށް ކުއްޖާގެ މައުލޫމާތު 7613696 އަށް ވައިބަރުގައި ރަޖިސްޓްރީ ވާން ޖެހެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ހުރިހާ ކުދިންނަށްވެސް ސްކިލް ޓްރެއިނިންގ ސެންޓަރާއި ދަރިވަރު ޓީވީގެ ނަމުގައި ކުރިއެރުމާއި ކާމިޔާބީއަށް އެދެމެވެ. އަދި އުއްމީދުކުރަނީ، إن شاء الله، މި ފެސްޓިވަލްއަކީ ހުރިހާ ބައިވެރިންނާށާއި ބައްލަވާ ހުރިހާ ފަރާތްތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާންއަށް ލޯތްބާއި އިޚްތިރާމް އިތުރުވެގެން ދާނޭ ޒަރިޔްޔާއެއްކަމުގައި ވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *