ކެޔޮދޫ ސްކޫލުން މިއަދު ހާއްސަކުރީ ފުލުހުންގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް

ކެޔޮދޫ ސްކޫލްގެ މުވައްޒަފުން ހަދިޔާ ދިނުމުގެ ތެރެއިން.ފޮޓޯ؛ ކެޔޮދޫ ސްކޫލް

ކެޔޮދޫ ސްކޫލުން ފުލުހުންގެ 89ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެރަށު ޕޮލިސް ޕޯސްޓަށް ހަދިޔާ ހަވާލުކޮށްފިއެވެ.

އެސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ، ސަރުކާރުގެ އެކި މުވައްސަސާތަކާއި ކްލަބްތަކުގެ އަގުވަޒަންކުރުމަކީ، އެ ސްކޫލްގެ ޕްލޭންތަކުގެ ތެރެއިން ޕްލޭނެއްކަމަށާއި، މި އަހަރުގެ ޕްލޭނަކީ، އެ މުވައްސަސާތަކާއި ކްލަބްތަކުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުން ބައިވެރިވުންކަމަށެވެ. އެ ގޮތުން އެ ރަށުގައި ޕުލުހުންގެ ޕޯސްޓެއް ގާއިމްކުރެވިގެންދިޔައީ މިދިޔަ އަހަރުކަން ފާހަގަކުރައްވަމުން ޒައީމާ ވިދާޅުވީ، މި އަހަރު ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން، ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެސްކޫލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވާނީ އެ ރަށު ޕޮލިސް ޕޯސްޓަށް ހަދިޔާ ހަވާލްކޮށްފައިކަމަށެވެ.

ކެޔޮދޫ ސްކޫލްގެ މުވައްޒަފުން ހަދިޔާ ދިނުމުގެ ތެރެއިން.ފޮޓޯ؛ ކެޔޮދޫ ސްކޫލް

މީގެ އިތުރުންވެސް ޒައީމާ ފާހަގަކުރެއްވި ގޮތުގައި ސްކޫލްގެ ބޮޑެތި އެކި ހަރަކާތްތަކުގައި، ފުލުހުންގެ ފަރާތުންދަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެމުންނެވެ. މީގެ އިތުރުންވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް މުހިއްމު މައުލޫމާތު ސެޝަންތަކެއްވެސް ފުލުހުންގެ ފަރާތުންވަނީ ބާއްވާފައެވެ. އަދި ހަމައެހެންމެ ޒައީމާ ވިދާޅުވި ގޮތުގައި، ފުލުހުންނަކީ މުޅި ޤައުމަށްޓަކައި އެތައް ޚިދުމަތްތަކެއް ކުރަމުން އަންނަ މުވައްސަސާއެކެވެ. އެ ބޭފުޅުން ކުރަމުން އަންނަ ޚިދުމަތްތައް ފާހަގަކޮށް ހިތްވަރުދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައިވެސް ޒައީމާ ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *