މަރަދޫ ސްކޫލްގައި އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މަރަދޫ ސްކޫލްގައި ސަރުކާރުން އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަނާ މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްއިފްތިތާޙްކޮށްދެއްވާފައިވަނީ މިއަދު މެންދުރުފަހު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައެވެ.

މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްގެ ޢިމާރާތް ތަރައްޤީކުރުމަށް ސަރުކާރުން 9،591،150.95 ދިވެހި ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ވެސް މަރަދޫ ސްކޫލްގެ އިތުރު ތަރައްޤީގެ މަޝްރޫޢުތައް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައެވެ.

މަރަދޫ ސްކޫލަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް  މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޭދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ފޭދޫ ސްކޫލްގައި ދެ ކްލާސްރޫމާއި، ހެލްތް ރޫމާއި، ކައުންސިލާރސް ރޫމް އަދި ގުދަން ޢިމާރާތް އަޕްގްރޭޑްކުރުން ވަނީ މިއަހަރަށް ބަޖެޓްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *