ކުމުންދޫ ސްކޫލުން 2021-2022 ވަނަ އަހަރު ފުރަތަމަ ޓާމްއިން ގްރޭޑް 7،8،9އަދި 10އެއްގެ އެންމެ މޮޅު 5 ދަރިވަރުން ހޮވައިފިއެވެ. އެ ސްކޫލުންވަނީ، މި ދަރިވަރުން ހާސިލްކުރި ނަތީޖާ ފާހަގަކޮށް ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ.
އެސްކޫލްގެ ޕްރިންސިޕަލް މަމްދޫހް އަލީ ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލްގައި އަލަށް ހޮވިގެންދާ ވަނަތަކެކެވެ. އެ ގޮތުން ގްްރޭޑް 7 ކުން ފެށިގެން 10 އެއްގެ ކޮންމެ ގްރޭޑްއަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 5 ދަރިވަރުން ހޮވާއިރު ކުރިއަށް އޮތް ކޮންމެ ޓާމެއްގައިވެސް އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
މި ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިސެމްބްލީގައި އެ ދަރިވަރުންގެ ބެލެނިވެރިންވެސްވަނީ ބައިވެރިވެފައެވެ. އަދި މި ވަނަތައް ހާސިލްކުރި ކޮންމެ ދަރިވަރަކަށްވެސް މެޑަލްއެއް ސްކޫލުން ވަނީ ދީފައެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މަމްދޫހް އަލީ ވިދާޅުވި ގޮތުގައި، މި ގޮތަށް ސްކޫލުން ވަނަތަކެއް ހޮވުމުގެ މަޤްސަދަކީ، ކުދިން ކިޔެވުމަށްކުރާ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމާއެކީ އެހެންކުދިންވެސް ކިޔެވުމަށް ޝައުޤުވެރިކުރުމެވެ. މީގެ އިތުރުންވެސް ޕްރިންސިޕަލް ވިދާޅުވީ، އުންމީދަކީ ދެން ތިބި ދަރިވަރުންވެސް ކިޔެވުމަށް މަސައްކަތްކޮށް ކުރިއަށް އޮތް ޓާމްގައި، މި ވަނަތައް ހާސިލްކުރުންކަމަށެވެ.
advertisment
ހިޔާލު