ކަލާސް އެވޯޑްގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އެމްޓީސީސީ ހަމަޖައްސައި، ސްޕޮންސަރޝިޕް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތަކުގެ ދަރިވަރުން ކުޅިވަރުގެ ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ "ކަލަރސް އެވޯޑްސް"ގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އެމްޓީސީސީއާއެކު ސޮއިކުރީ ކުރިއަށް އޮތް ތިން އަހަރަށް ކަމަށެވެ.
"ކަލާސް އެވޯޑްސް" ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގައެވެ. މި ފަހަރުގެ ކަލާސް އެވޯޑް ހުށަހަޅައި ދެނީ އަމީނިއްޔާ ސްކޫލުންނެވެ.
ފާއިތުވި އަހަރުތަކުގައި ބޭއްވި ކަލާސް އެވޯޑްގެ ސްޕޮންސަރަކީ އެސްޓީއޯއެވެ.
advertisment
ހިޔާލު