ބ.ކިހާދޫ ސްކޫލް އާއި ކ.ހިންމަފުށީ ސްކޫލް އިތުރަށް ތަރައްްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
ބ. ކިހާދޫ ސްކޫލުން ހަވާލުކޮށްފައިވަނީ، އެ ސްކޫލުގެ 2 ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތެވެ. ކ. ހިންމަފުށީ ސްކޫލުން ހަވާލްކޮށްފައިވަނީ އެ ސްކޫލްގެ 4 ކްލާސްރޫމާއި ހޯލު އިމާރާތްކުރުމުގެ މަސައްކަތެވެ. ބ.ކިހާދޫ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިސްކޯ ޕްރައިވެޓް ލިމިޓެޑާއެވެ. ކ.ހިންމަފުށީ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ބ. ކިހާދޫ ސްކޫލްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ސޮއިކޮށްފައިވަނީ، މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. އިސްކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަބްދުﷲއެވެ. އެ ފަރާތުން މި މަސައްކަތަށް ހުށައަޅާފައިވަނީ ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރިއެވެ. އަދި މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމުމަށް މި ކުންފުނިން ހުށަހަޅުއްވާފައިވެއެވެ.

ކ.ހިންމަފުށީ ސްކޫލްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ސޮއިކޮށްފައިވަނީ، މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުލަމް ރުޝްދީއެވެ. އެ ފަރާތުން މި މަސައްކަތަށް ހުށައަޅާފައިވަނީ ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާ ފަންސާސް ހަތްލާރިއެވެ. މި ކުންފުނިން ހުށައަޅާފައިވަނީ މި މަސައްކަތް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ސްކޫލްތަކަށް ބޭނުންވާ، އުމްރާނީ ތަރައްޤީތައް ގެނައުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
advertisment
ހިޔާލު