އިންޓަރ ސްކޫލް ޗެސް ފެސްޓިވަލްގައި އަތޮޅު ތެރޭ ސްކޫލަކަށް ހަމައެކަނި ވިލުފުށީ ސްކޫލް

ވިލުފުށީ ސްކޫލް ދަރިވަރުން މުބާރާތުގެ ތެރެއިން

އިންޓަރ ސްކޫލް ޗެސް ފެސްޓިވަލްގައި، އަތޮޅު ތެރޭގެ ސްކޫލްއަކަށް ބައިވެރިވީ ހަމައެކެނި ތ. ވިލުވުށީ ސްކޫލުން އެކަންޏޭވެ. މިއީ މި ސްކޫލްއިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މޯލްޑިވްސް ޗެސް އެސޯސިއޭޝަންއިން ކުރިއަށް ގެންދާ މި މުބާރާތުގައި ވިލުފުށީގެ އިތުރުން މާލޭގެ ސްކޫލްތަކުންނެވެ. މި މުބާރާތުގައި ވިލުފުށީ ސްކޫލްއިން 17 ދަރިވަރުން ބައިވެރިވެފައިވާއިރު 4 އުމުރުފުރައަކުން ދަރިވަރުން ވަނީ ވާދަކޮށްފައެވެ. އެއީ 11 އަހަރުން ދަށް، 13 އަހަރުން ދަށް،15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނެވެ.

ވިލުފުށީ ސްކޫލް ދަރިވަރުން މުބާރާތުގެ ތެރެއިން

ވިލުފުށީ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތް އަފްރާ އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި، މި މުބާރާތަށް ތައްޔާރުވާން އެ ސްކޫލްއަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަމަށާއި، އިތުރަށް ދަރިވަރުންނަށް ކޯޗިން ކޮށްދިނުމަށްޓަކައި ރާއްޖޭގެ މޮޅެތި ކޯޗުން އެ ސްކޫލުން ހަމަޖައްސާދީ އިތުރަށް ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދިން ކަމަށެވެ. އަލަށް ބައިވެރިވެ ވިލުފުށީ ސްކޫލުގެ ދަރިވަރުން ތިން އުމުރުފުރާ އަކުން ފާހަގަކޮށްލެވޭ  ކާމިޔާބިތަކެއް ވަނީ ހޯދާފައެވެ. އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތް އަފުރާ އާދަމް އިބްރާހިމް ވިދާޅުވީ، ހަމައެކަނި ސްކޫލް ލެވެލްގެ މުބާރާތްތަކުގެ އިތުރުން އިންޓަރ ސްކޫލް މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކޮށް އެކުދިންގެ ހުނަރު ދެއްކުމަށް ފުރުސަތު ސްކޫލުން ފަހިކޮށްދިނުމަކީ މުހިއްމު ކަމެކެވެ.

މި މަހު 10ފެށިގެން 22 ހަމަައަށް ކުރިއަށްދާ މި މުބާރާތް ކުރިއަށް ދަނީ ހުޅުމާލޭ ޗެސް ހޯލްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *