ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ފަހު އިމްތިޙާން ފަށައިފި

ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުން މޮކް އެގްޒާމް ހަދަނީ- ފޮޓޯ: ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރު

ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ފަހު އިމްތިޙާނުގެ ގޮތުގައި ދޭ މޮކް އެގްޒާމް ފަށައިފިއެވެ. އަށް މާއްދާއިން ދޭ މޮކް އެޒާމް ފެށީ އާދީއްތަ ދުވަހުއެވެ.

އޯލެވެލްގައި ދަރިވަރުން ބައިވެރިކުރުމަށް މޮކް އެގްޒާމް މުހިންމެވެ. އެހެންވެ އެ އެގްޒާމަށް ވެސް ކުދިން ދުރާލާ ތައްޔާރުވެއެވެ. ސަތޭކަ ދުވަހުގެ ކައުންޑައުންއެއް ފަށައި، ސްކޫލްތަކުން ދަނީ " ސްޓަޑީ ކޭމްޕް" ތައް ބާއްވަމުންނެވެ.

އޯލެވެލް އިމްތިހާނަކީ އާއްމުގޮތެއްގައި އޮކްޓޯބަރ/ނޮވެމްބަރގައި ބާއްވަމުން އަންނަ އިމްތިހާނެކެވެ. ނަމަވެސް، 2020 ގައި ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮވިޑް-19ގެ ސަބަބުން، އިމްތިހާނުތައް ފަސްކުރުމަށް މަޖްބޫރުވުމާއި ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އެ އިމްތިޙާން މިހާރު ބާއްވަނީ މޭ/ޖޫން ގައެވެ.

އެ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 235 ސެންޓަރުން 5955 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *