އޯލެވެލްގައި ތިން މާއްދާއަށްވުރެ މަދުން ބައިވެރިވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
މޮ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ނެޝަނަލް އިންސްޓިޓުއުޓް ފޯރ އެޑިއުކޭޝަނުން ބުނެއެވެ.
މިހާތަނަށް މި ޕްރޮގްރާމް ފަސް ސްކޫލެއްގައި ފަށާއިވާއިރު، ކުރިއަށް ގެންދަނީ ކޮމްޕިއުޓަރ ހާޑްވެއަރ، ހައުސްކީޕިންގ، އެގްރިކަލްޗަރ، ފްރަންޓް އޮފީސް، އިލެކްޓްރިކަލް ވަޔަރިންގ ފަދަ ކޯސްތަކެވެ.
ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ކޯހެއް ހިންގުމަށް ޝައުގުވެރިވާ ސްކޫލުތަކަށް އެފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެންއައިއީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު