އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފްލާ މި މަހު 26އަދި 27ގައި ބާއްވަނީ

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ދަސްވެނިވިފައިވާ ފަރާތްތައް؛- ފޮޓޯ: ފެކަލްޓީ އޮފް އެޑީޔުކޭޝަން

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ބޭއްވުމަށް އެ ޔުނިިވަރސިޓީއިިން ނިންމައިފިއެވެ. އެއީ މިދިޔަ އަހަރު ކިޔަވާ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމެވެ.

ޖުމްލަ 457 ދަރިވަރުން މި ހަފްލާގައި ދަސްވެނިވާއިރު، މި ހަފްލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ 4 ސެޝަންއަކަށް ބަހާލައިގެންނެވެ. އެ ޔުނިވަރސިޓީއިން ތާވަލު ކޮށްފައިވާ ގޮތުގައި ފުރަތަަމަ ސެޝަންގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަަރުން ގްރެޖުއޭޓްވާއިރު ދެވަނަ ސެޝަން ހާއްސަކޮށްފައިވަނީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންްސް އެންޑް ޓެކޮނޮލޮޖީ، ތިންވަނަ ސެޝަން ފެކަލްޓީ އޮފް އާރޓްސް އަދި ފެކަލްޓީ އޮފް ހެލްތް ސައިންސް އަދި ސްކޫލް އޮފް ނާސިންގއަށެވެ އަދި ހަތަރުވަނަ ސެޝަން ފެކަލްޓީ އޮފް ހޮސްޕިޓާލްޓީ އެންޑް ޓުއަރިޒަމް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރުންނަށެވެ. ހަފްލާ އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ދަންފަޅިއާއި ރޭގަނޑުގެ ދަންފަޅީގައި ކަމަށް އެ ޔުނިވަރސިތީއިން މައުލޫމާތް ދެއްވިއެވެ.

މި ހަފްލާ ބާއްވަނަ ހަމަޖެހިފައި ވަނީ އެމްއެންޔޫގެ އޭ ބޮލޮކުގެ އޮޑިޓޯރިއަމްގައެވެ. އެމްއެންޔޫއިން ކޮންމެ އަހަރަކުވެސް ދެ ދަސްވެނިވުމުގެ ހަފްލާ ބާއްވައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރ މަހުވެސްވަނީ ދަސްވެނިވުމުގެ ހަފްލާއެއް ބާއްވާފައެވެ. އެގޮތުން އެފަހަރު ޖުމްލަ 3632 ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލްކޮށްފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *