ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުން ފަޚުރުވެރި އެއްވަނަ އާޔަން އަދި ހަނާންއަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޙާސިލްކުރި އާޔަން އަޙްމަދު އިނާން؛-ފޮޓޯ// ރައީސް އޮފީސް

ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ހުރިހާ އުމުރުފުރާއަކުން ފަޚުރުވެރި އެއްވަނަ އާޔަން އަހްމަދު އިނާން އަދި ހަނާން ހުސެއިން ޝަރީފް ޙާސިލްކޮށްފިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އާޔަން އަދި ހަނާން ހާސިލްކޮށްފައިވާއިރު، ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ ފާތިމަތު ޝާހާއެވެ.

ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވާ ފާތިމަތު ޝާހާ؛-ފޮޓޯ// ރައީސް އޮފީސް

މި މުބާރާތުގައި ހަ ޢުމުރުފުރާއަކުން 1700 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެކި ޢުމުރުފުރާތަކުން އެއްވަނަ ޙާސިލްކުރި ފަރާތްތަކަށް އިނާމާއި، ހަނދާނީ ފިލާއާއި، ޓްރޮފީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާގެ ޙާއްސަ އިނާމް ވަނީ ދެވިފައެވެ. މި ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ޙަސިލްކޮށްފަިއވާ ހަނާން ހުސެއިން ޝަރީފް؛-ފޮޓޯ//ރައީސް އޮފީސް

މި މުބާރާތުގެ ޙާފިޒްކަމުގެ ގޮފިން އެއްވަނަ ޙާސިލްކޮށްފައިވަނީ ފާތިމަތު ޝާހާ ޒާހިރެވެ. އަަދި މުއައްސަސާތަކުގެ ބައިން އަތޮޅު ކައުންސިލުތަކުގެ ދާއިރާއިން އެއްވަނަ ޙާސިލްކޮށްފައިވަނީ ފ.އަތޮޅު ކައުންސިލް އިދާރާއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ކުރިޔަށްގެންދިޔައީ ވަރޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށް ގެންދިޔައީ މައިގަނޑު 3 ބަޔަކުން ވާދަކުރެވޭގޮތަށެވެ. އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބަޔާއި ޙާފިޡުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 1700 ބައިވެރިން ބައިވެރިވިއިރު އޭގެތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *