236 އިދާރީ މުވައްޒަފުންނާއެކު ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލއިފި

އިދާރީ މުވައްޒަފުންނަށް ކުރިއަށްގެެންދިޔަ މަސައްކަތު ބައްދަލުވުމުގެ ތެރެއިން؛- ފޮޓޯ// އެޑިޔުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުން ނިންމާލއިފިއެވެ.

9 މާރޗުގައި ފެށުނު މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި 80 ސްކޫލަކުން ޖުމްލަ 236 އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިންތިޒާމްކުރި މި އޮންލައިން ސެޝަނުގައި، ބައިވެރިންނަށް މަޢުލޫމާތު ދެއްވީ މުޙްޔިއްދީން ސްކޫލުން ފާތިމަތު ޝަޒާ އަދި ޢައިޝަތު ނަސީރާއެވެ.

ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް ބޭއްވުނު "ސްކޫލް އެޑްމިން ޕްރެކްޓިސެސް ވްރކްޝޮޕް"ގައި އަލިއަޅުވައިލައިފައިވަނީ ބަޖެޓާއި ހިއުމަން ރިސޯސަސްގެ މަސައްކަތްތަކާއި އަދި އެހެނިހެން އިދާރީ މަސައްކަތްތަކަށެވެ.

އެގޮތުން، ސްކޫލުތަކުގެ ހިއުމަން ރިސޯސަސް މެނޭޖްމެންޓް ވަރުގަދަކޮށް ހިފެހެއްޓުމަށްޓަކައި، ސްކޫލުން ޢަމަލުކުރެވޭނެ ބަޖެޓު އަދި ހިއުމަން ރިސޯސަސްގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާ، އަށަގަންނަންވީ އާދަތައްތައްވެސް މި ސެޝަނުގައިވަނީ ކިޔައިދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *