ރ.ވާދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ރ.ވާދު ސްކޫލުގެ ދެ ބުރި ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއިކުރުން؛-ފޮޓޯ// އެޑިޔުކޭޝަން މިނިސްޓްރީ

ރ.ވާދޫ ސްކޫލުގެ ދެ ބުރީގެ ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށް އެގްރީމެންޓުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަތަރުމިލިޔަން ހަތްލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް ހަ ރުފިޔާ ހަތްދިހަ ތިން ލާރިއެވެ. އަދި މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމަވައިދެއްވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް އެޑިޔުކޭޝަން މިނިސްޓަރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި މިނިސްޓްރީން ދަނީ ޕީ.އެސް.އައީ.ޕީގެ ދަށުން 170އަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި 1171 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، 73 މަލްޓިޕާރޕަސް ސްކޫލް ހޯލް އެޅުމުގެ މަސައްކަތުގެ އިތުރުން 297 އެހެނިހެން ވަސީލަތްތައް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެގޮތުން އެންމެ ފަހުން ނިންމައިފައިވާ މަޝްރޫޢުތަކަށް ބަލާއިރު، ބ.ފޭހެންދޫ އަދި ވ. ރަކީދޫ ސްކޫލުގައި ޤާއިމްކުރެވުނު ސެޓެލައިޓް ސްކޫލުތަކާއި، އެހެނިހެން ސްކޫލުތަކުގައި ޤާއިމުކުރެވެމުން އަންނަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *