އިތުރު 02 ޓްރޭޑް ޓެސްޓް ސެންޓަރެއް ރަޖިސްޓަރީކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ވަނީ 02 ފަރާތަކާއި އެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއިކުރުން؛-ފޮޓޯ//މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން  02 ފަރާތަކާއި އެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

ޓްރޭޑް ޓެސްޓިންގ ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖަށެވެ.

ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ޤާއިމް ކޮށްފައެވެ.

މިގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ޤައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ޤައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދެވޭނެއެވެ.

މިގޮތުން ދެވޭ ޤައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *