ޒުވާން އިމާމުން ތަމްރީން ކުރުމަށް ހިންގުނު ޕްރޮގްރާމުން 19 ކުދިން ތަމްރީން ކޮށްފި

ގދ.ތިނަދޫ ކައުންސިލުން ޒުވާން އިމާމުން ތަމްރީންކުރުމުގެ ގޮތުން ފެށި "ކަސީދާ" ޕްރޮގްރާމުގައި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ//ގދ.ތިނަދޫ ކައުންސިލް

ގދ.ތިނަދޫ ކައުންސިލުން، ޒުވާން އިމާމުން ތަމްރީންކުރުމުގެ ގޮތުން ފެށި "ކަސީދާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގދ.ތިނަދޫ ކައުންސިލްގެ ރައީސް ސައުދް ޢަލީއެވެ. މި ޕްރޮގްރާމުން ދަސްވެނިވި 19 ދަރިވަރުންނަށް ވަނީ ހަނދާނީލިޔުން ހަވާލުކޮށްފައެވެ.

ގދ.ތިނަދޫ ކައުންސިލުން ޒުވާން އިމާމުން ތަމްރީންކުރުމުގެ ގޮތުން ފެށި "ކަސީދާ" ޕްރޮގްރާމުގައި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ// ގދ.ތިނަދޫ ކައުންސިލް

"ކަސީދާ" ޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއްކަމުން، ކޮންމެ ފަހަރަކުވެސް ތަފާތު ތަމްރީން ޕްރޮގްރާމުތައް ހިންގުމަށްވަނީ ރާވައިފައެވެ. އެގޮތުން، މިފަހަރު ވަނީ އިމާމުން ތަމްރީން ކުރުމުގެ އިތުރުން، ކަށުކަމާކެމީގެ ތަމްރީން ޕްރޮގްރާމު ތަކާއި ހުޠުބާކިޔުމުގެ ޕްރޮގްރާމުތައްވެސް ކުރިއަށްގެންގޮސްފައެވެ.

ގދ.ތިނަދޫ ކައުންސިލުން ޒުވާން އިމާމުން ތަމްރީންކުރުމުގެ ގޮތުން ފެށި "ކަސީދާ" ޕްރޮގްރާމުގައި ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ// ގދ.ތިނަދޫ ކައުންސިލް

"ކަސީދާ" ގެ ފުރަތަމަ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، މިސްކިތްތަކުގެ މުދިމުންނާއި މިސްކިތްތަކުގައި އެކި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އިސްރަށްވެހިން މި ރަސްމިއްޔާތު ގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި، އައު އިމާމުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ އިތުރުން، ޤުރުޢާނާ ބެހޭ މަރުކަޒުގެ ގޮފިން ލެވެލް 1 އަދި 2 ނިންމިފަރާތްތަކަށްވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *