އެޑިޔުކޭޝަން މިނިސްޓަރ "ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022″ ގެ ނޮދަން ސެންޓްރަލް ޒޯނުގެ ބައިވެރިންނާ ބައްދަލުކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓަރ ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022 ގެ ނޮދަން ސެންޓްރަލް ޒޯނުގެ ބައިވެރިންނާ ބައްދަލުކުރެއްވުން؛- ފޮޓޯ// އެޑިޔުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ، "ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022″ ގެ ނޮދަން ސެންޓްރަލް ޒޯނުގެ ބައިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި 15 ޕްރިންސިޕަލުން ބައިވެރިވެފައިވެއެވެ. މި ބައިވެރިން ދަނީ އެކި ސްކޫލުތަކަށް ޒިޔާރަތްކޮށް، އެ ސްކޫލެއްގެ ނިޒާމު ބައްލަވާ، ކިޔަވައިދިނުމުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ބައްލަވަމުންނެވެ

މީގެއިތުރުން، ސްކޫލު މެނޭޖް ކުރާ ތަފާތު ގޮތްތައް ޕްރިންސިޕަލުން ދެނެގަތުމާއެކު ސްކޫލްތަކުގެ އަމާޒަށް ވާޞިލްވުމާއި، ކިޔެވުމާއި އިތުރު ހަރަކާތް ކުރިއަށް ގެންދާ ގޮތް ދެނެގަތުމާއި، ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކުރިއަށް ގެންދާނެ ގޮތް ތަޖުރިބާކޮށް ދެނެގަތުމަކީވެސް މި ޓުއަރ ގެ މަޤްސަދެވެ.

ސްކޫލުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމުގައި، މި ބައިވެރިން ވަނީ އިއްޔެ ޢިމާދުއްދީން ސްކޫލަށް ޒިޔާރަތްކޮށްފައެވެ.

ވެހި އެޑިޔުކޭޝަނަލް ޓުއަރ" އަކީ ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *