ރޯދަޔަށް ޚާއްޞަކޮށްގެން، ދީނީ ރޫޙް އާލާކުރުމުގެ ޕްރޮގްރާމެއް ހުރިހާ ސްކޫލެއްގައި ފަށަން ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއިއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މަޝްވަރާކޮށްފައެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނާއިމެދު ލޯބި އުފެއްދުމާއި، ސްކޫލް މާޙައުލުގައި ދަރިވަރުންނަށް ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަސްވާ ކޮންމެ ކަމަކީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އާދަކޮށް ކުރާކަންކަމަށް ހެދުން ކަމަށް އެންއައިއީން މައުލޫމާތު ދެއެވެ.
އެގޮތުން ކީ ސްޓޭޖް 1 ން ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް، ރަމަޟާން މަހާއި، ކީރިތި ޤުރްއާނާއި، ފިތުރު ޢީދުގެ އިތުރުން އަޟްޙާޢީދާއި، ސަލާމްކުރުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބާރު އަޅާ މަސައްކަތް ކުރުމާމެދު ޕްރިންސިޕަލުން ވަނީ މަޝްވަރާކުރައްވާފައެވެ. ނަމާދު ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި، ދުޢާތަކާއި، އަދި އެ ދަރިވަރަކު ކިޔަވާ ގްރޭޑެއްގައި ކިޔަވައިދެވޭ މިންވަރަށް ޤްރުއާން ކިޔެވުމާއި، ރަމްޟާންމަހާގުޅޭގޮތުން ޕްރޮޖެކްޓުތައް ދަރިވަރުނަށް ދިނުމަށް ވެސް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް، ރަމްޟާން މަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކޯޑިނޭޓްކުރަނީ އެންއައިއީ އިންނެވެ.
advertisment
ހިޔާލު