ސިއްޙީކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވާތީ، މިއަދުން ފެށިގެން ސްކޫލްހާޒިރުވާއިރު މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ އިދާރާއިން ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުމަކީ މަޖުބޫރު ކަމަކަށް ނުވި ނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ނަމަ މާސްކު އަޅައިގެން ސްކޫލަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުން އެދެވިގެންވާ ކަމަށެވެ.
ސިއްޙީކުއްލި ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ސްކޫލްތަކުން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން މިރޭ ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އަޅަން ފެށި މާސްކު، ދެ ހާލަތެއްގައި އަޅަން މަޖުބޫރުވާނެ ކަމަށެވެ. އެއީ ސިއްޙީ ޚިދުމަތް ދޭ ތަންތަނާއި އެތަންތަނަށް ޚިދުމަތް ހޯދަން ދާ މީހުންނާއި އެތަންތަނުގެ މުވައްޒަފުންނެވެ.
ކޮވިޑް ކޭސްތައް މިހާރު ކޮންޓްރޯލް ވެފައިވާޢިރު، ޕޮޒިޓިވްވާ ރޭޓް އިންސައްތައަށް ވުރެ މަތިން ބަލިފެތުރޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކަމަށް ވެސް އެޗްޕީއޭއިން މިރޭ ބުނެފައިވެއެވެ.
advertisment
ހިޔާލު