އިލްމް އިންސްޓިޓިއުޓިން ރަމަޟާންމަހަށް ހާއްސަކޮށްގެން ވީޑިއޯ ދަރުސް ސީރީޒެއް ތައްޔާރުކުރަނީ

އިލްމް އިންސްޓިޓިއުޓްއާއި އަދަދު އޮންލައިން ސޮއިކުރުމުގެ ތެރެއިން.ފޮޓޯ؛ އިލްމް އިންސްޓިޓިއުޓް

އިލްމު އިންސްޓިޓިއުޓުން، އަދަދު އޮންލައިންއާއި ގުޅިގެން "ސުންދުސް"ގެ ނަމުގައި ކުރު ވީޑިއޯ ދަރުސް ސީރީޒެއް ތައްޔާރުކުރުމަށް ސޮއިކޮށްފިއެވެ.

އެ އިންސްޓިޓިއުޓުން ބުނިގޮތުގައި މި ދަރުސް އަންނަ ރޯދަ މަހުގެ ކޮންމެ ދުވަހަކު އަދަދު ނޫހުން ގެނެސްދޭނެކަމަށެވެ. މި ދަރުސްތައް ހުށައަޅައި ދެއްވާނީ އިލްމު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިލްމް އިންޓިޓިއުޓުން މައުލޫމާތް ހިއްސާކުރެއްވި ގޮތުގައި މިފަދަ ޕްރޮގްރާމްއެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި އިސްލާމީ، އިޖުތިމާއީ އަދި އަހުލާޤިއްޔަތާށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

އިލްމް އިންސްޓިޓިއުޓަކީ ޤުރްޢާން ކިޔެވުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ އިންސްޓިޓިއުޓެކެވެ. އެގޮތުން އެ އިންސްޓިޓިއުޓުންވަނީ، 100 ހާފިޡުން ތަމްރީނުކުރުމުގެ މަޝްރޫއެއް، ކީރިތި ޤުރްއާނަށް އަމަލުކުރާ، ޤުރްއާން ހިތުދަސް ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *