ލ.ގަން، ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލުން، އެ އަތޮޅު ހަތަރު ސްކޫލެއްގެ މުދައްރިސުންނަށް ކޯޑިނޭޝަން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ، ބަޔޮލޮޖީ، ކެމިސްޓްރީ އަދި ކޮމްޕިއުޓަރ ސްޓަޑީސް، މި ތިން މާއްދާގެ މުދައްރިސުންނަށް ބޭއްވި ކޯޑިނޭޝަން ބައްދަލުވުމެކެވެ.
މާއްދާތަކުގެ މުދައްރިސުންނަށް ބޭއްވި ކޯޑިނޭޝަން ބައްދަލުވުން ބާއްވައިފައިވަނީ ކުނަހަންދޫ ސްކޫލް، މާމެންދޫ ސްކޫލް، ހިތަދޫ ސްކޫލް އަދި ދަނބިދޫ ސްކޫލުގެ މުދައްރިސުންނަށެވެ.
ޙަމަދް ސްކޫލުން އިންތިޒާމުކޮށް ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ، އެ ސްކޫލުތަކުން މާއްދާތަކުގެ ނަތީޖާ ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދީ، އެ މާއްދާތަކުގެ ނަތީޖާ އެސްކޫލަކުން ލިބިގަތުމެވެ. އެގޮތުން، ޙަމަދު ސްކޫލުން މާއްދާތަކާމެދު ޢަމަލުކުރަމުންދާ ގޮތްތަކާއި، ކިޔަވައިދުނުމުގައި ގެންގުޅޭ ވައްޓަފާޅިތައް ވަނީ ކިޔައިދީފައެވެ.
މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، ޙަމަދް ސްކޫލުން، ސައިންސް ޑިޕަރޓްމެންޓުގެ އެޗްއޯޑީ އަދި އެ މާއްދާތަކުގެ މުދައްރިސުންނެވެ.
advertisment
ހިޔާލު