ސްކޫލުތަކުގެ އިދާރީ މަސައްކަތްތަކުގެ މަޢުލޫމާތު ސެޝަނެއް ލާމު އަތޮޅުގެ ސްކޫލުތަކަށް

ޙަމަދް ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ މުވައްޒަފުންގެ ޕީޑީ ސެޝަނެއްގެ ތެރެއިން;- ފޮޓޯ// ޙަމަދް ބިން ޚަލީފާ އަލްޘާނީ ސްކޫލް

ސްކޫލުތަކުގެ އިދާރީ މަސައްކަތްތަކާ ބެހޭގޮތުން، ލާމު އަތޮޅު ސްކޫލުތަކުގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްފައިވާ މި ސެޝަން ނަގައިދީފަިއިވަނީ، މުޙްޔިއްދީން ސްކޫލުުން އައިޝަތު ނަސީރާ އަދި ފާތިމަތު ޝަޒާއެވެ.

ލާމު އަތޮޅު ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް، ނިމިދިޔަ ހަފްތާގެ އަންގާރަދުވަހު ބޭއްވި މި ސެޝަން ނަގައިދީފައިވަނީ އޮންލައިންކޮށެވެ. މި ސެޝަނުގައި އަލިއަޅުވައިލައިފައިވަނީ ބަޖެޓާއި ހިއުމަން ރިސޯސަސްގެ މަސައްކަތްތަކާ ގުޅޭ ކަންތައްތަކަށެވެ.

އެގޮތުން، ސްކޫލުތަކުގެ ހިއުމަން ރިސޯސަސް މެނޭޖްމެންޓް ވަރުގަދަކޮށް ހިފެހެއްޓުމަށްޓަކައ،ި ސްކޫލުން ޢަމަލުކުރެވޭނެ ބަޖެޓުގެ މަސައްކަތްތަކާއި ހިއުމަން ރިސޯސަސްގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާ، އަށަގަންނަންވީ އާދަތައްތައވެސްް މި ސެޝަނުގައިވަނީ ކިޔައިދީފައެވެ.

ސްކޫލުތަކުގެ އިދާރީ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި މި ސެޝަނުގައި ލާމު އަތޮޅު ސްކޫލުތަކުން ޖުމްލަ 54 އިދާރީ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *